ޚަބަރު
ލައިސަންސް ނުނަގާ ގޭގޭގައި ޗެނަލްތައް ބެލޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން
ގޭބިސީތަކުގައި ރީ-ބްރޯޑްކާސްޓްކުރެވޭ ގޮތަށް ނުވަތަ ކޭބަލް ޓީވީން ދައްކާ ޗެނަލްތައް ތަފާތު ހިދުމަތްތައް މެދުވެރިކޮށް ބެލޭނެ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުން އިސްލާހުގެނައި ގަވާއިދަކީ ރީ-ބްރޯޑްކާސްޓިންގް ގަވައިދުގެދަށުން ހަދާފައިވާ ހިދުމަތްދިނުމުގެ ލައިސަންސްއާއި ގުޅޭ/، ގަވާއިދުގެ 5 ވަނަ މާއްދާއަށެވެ.

އެގަވާއިދުގައި ވާގޮތުންނަމަ އަމިއްލަ ބޭނުމަށްވެސް ގޭބިސީތަކުގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނުނަގައި ޗެނަލްތައް ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭގެ އިތުރުން، ރީ-ބްރޯޑްކާސްޓިން ލައިސަންސް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ އިތުރު ޝަރުތެއް ވެސް މި އިސްލާހުގައި ހިމަނާފައިވެ އެވެ. 

އިތުރު ކުރި އެ ޝަރުތަކީ ލައިސަންސަށް އެދޭ ފަރާތަކީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭ ކުންފުންޏެއް ނުވަތަ ކޯޕަަރޭޓިވް ސޮސައިޓީއަކަށް ނުވުމެވެ.

މީގެ ކުރިން ބްރޯޑްކާސްޓިންގް ގަވައިދުގައި ވާގޮތުންނަމަ، ގޭބިސީތަކުގައި ކޭބަލް ޓީވީ މެދުވެރިކޮށް ޗެނަލްތައް ބެލޭނީ ރާއްޖޭގެ ބްރޯޑްކޮމް އިން ދޫކުރާ ލައިސަންސެއް ނަގައިގެނެވެ. ނަމަވެސް އެންމެ ފަހުގެ އިސްލާހުގެ ދަށުން އެ ލައިސަންސް ނުނަގާވެސް ޗެނަލްތައް ބެލުމުގެ ހުއްދަ އަމިއްލަ ފަރުދުންނަށް ލިބިގެންދެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު