
ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ބާއްވަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 ގައެވެ.އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހު ވަނީ ބާއްވާފަ އެވެ. އަދި އަންގާރަ ދުވަހު މުޅި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވޭތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ އެހެން މެމްބަރަކު ރިޔާސަތުގައި އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމަށެވެ.އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހު އަށެއްގައެވެ. އެ މައްސަލައިގައި ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް ފޮނުވުމަށް ފަހު އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހު 26 ގައެވެ. އެކަމަކު، މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ދެބެއިންގެ ދެ ދަރި ކޮއްކޯފުޅު އީވާ އަބްދުﷲ އާލާސްކަންފުޅާ ސަލާން ވިދާޅުވާ ވަރުން، މުޅި އެ ހަފުތާގައި ވެސް އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.