ޚަބަރު
ނިޒާމީ ވޯޓާ ގުޅޭ ބިލު ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ފާސްވެއްޖެނަމަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ބިލު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރުމާ މެދު ނެގި ވޯޓުގައި އިސްލާހު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވި އެވެ.

ގާނޫނު އަސާސީގެ 262 ގައި ވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންނެވެ.

މެންބަރު އިމްތިޔާޒު ހުށަހެޅުއްވީ މަޖިލީހަށް ލިބޭ ބާރަކުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށްފަހު ގެންނަ ބަދަލުތައް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ.

އިންތި ކުރިން ގާނޫނު އަސާސީގެ 262 ވަނަ މާއްދާ އެގޮތަށް ބަދަލުކުރުމަށް ކުރީގެ މަޖިލީހުގެ ރައީސް ނަޝީދު ހިޔާލު ފާޅުކުރެއްވެވިއެވެ. ނަޝީދު އެގޮތަށް ހިޔާލު ފާޅުކުރެއްވެވީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކުރާ މަސައްކަތުގައި އޮންނަން ފެންނަ ނިޒާމެއް ކަަނޑައަޅަން، އާންމު ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރި ބައްދަލުވުމުގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު