ޚަބަރު
މަންމައަށް ހަމަލާ ދިން ނަފްސާނީ ބަލި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ
ހުޅުމާލެ 1ގައި ހުންނަ ފްލެޓުގައި ހިނގި ހަމަނުޖެހުމުގައި މަންމައަށް ހަމަލާދިނީ ނަފްސާނީ ބަލީގެ މީހެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި މައްސަލައިގައި އަނިޔާވީ 51 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަކީ ނަފްސާނީ ބަލި މީހަކަށް ވުމާ އެކު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު