ޚަބަރު
އުރީދޫ ފަން ރަންގެ ހަރަކާތްތައް މާދަމާ ހެދުނު
އުރީދޫ މޯލްޑިވްސްގެ ފަން ރަންގެ ހަރަކާތްތައް ކުރިއަށްދާނެ ގޮތުގެ ތާވަލެއް - ފޮޓޯ: އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ވީކެންޑްގެ ހަރަކާތްތައް މާދަމާ ހެނދުނު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އުރީދޫން މިއަދު ބުނީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، އެންމެ ބޮޑު އަދި އެންމެ އުފާވެރި 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯ މާދަމާގެ ފަން ރަން ވީކެންޑުގެ ތެރޭގައި އޮންނާނެ ކަމަށެވެ.

ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން 11:00 އަށް ކަމަށް އުރީދޫން ބުންޏެވެ. އެއީ ޑްރޯން ރޭސްގެ ފައިނަލް ކަމަށާއި ފައިނަލް ރޭހުގައި ދެ ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް)ގެ ޕައިލެޓުން ބައިވެރިވާނެ ކަމަށް އުރީދޫން ބުންޏެވެ. ޑްރޯން ރޭސް 2023ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ.

މާދަމާ ހަވީރު 3:30 އިން 6:00 އަށް އުރީދޫ ފަން ރަން ކުރިއަށްދާނެ ކަމަށާއި އެއީ މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފަސް ކިލޯމީޓަރުގެ ދުވުމެއް ކަމަށް އުރީދޫން ބުންޏެވެ. އެ ދުވުމުގައި އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ބައިވެރިވާނެ ކަމަށެވެ.

"ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސްތަކާއެކު ތަފާތު ފަން ސްޓޭޝަންތައް ފެންނާނެއެވެ. މި ދުވުމަކީ ޓައިމް އިވެންޓަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާލާފަ، ޖޮގް ކޮށްލާފަ، ނުވަތަ ނަށާލާފަ ވެސް ކުރުން ފަދަ ކަންކަން ބައިވެރިންނަށް އިހުތިޔާރުކޮށް ދުވުން ނިންމާލެވޭނެއެވެ. ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި ފިނިޝާ މެޑަލް އަކާއި މިއުޒިކް ޝޯއަކާއެކު 5ކޭ ދުވުން ނިންމާލުމުގެ އުފާ ފާޅުކުރެވޭނެ،" އުރީދޫން ބުންޏެވެ.

ފަން ރަން ނިންމާލުމަށް ފަހު އެހެން އަހަރު ތަކެކޭ އެއްފަދައިން އުރީދޫ މިއުޒިކް ޝޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭގނޑު 8 ޖަހާއިރު ފެށިގެން ދާނެއެވެ. މި ޝޯ ގެ އުފަލުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. އުރީދޫ މިއުޒިކް ޝޯ ގައި ވެސް މަގުބޫލު އާޓިސްޓުން ފެނިގެންދާނެއެވެ އޭގެ ތެރޭގައި އުރީދޫ ބްރޭންޑް އެމްބެސަޑަރު ހަބޭސް ބޮޑުބެރު އަދި ޑިޓިއުން ގެ އިތުރުން މީރާ، ޓްރެފިކް ޖޭމް، ޒަކިއްޓެ އަދި ޑީޖޭ ދީދު ހިމެނެ އެވެ.

ފަން ރަންގެ ހަރަކާތްތަކާއި ބެހޭ މައުލޫމާތު އުރީދޫގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ލިބޭނެއެވެ. އަދި ފަން ރަންގެ އުފާވެރިކަމުގައި އެންމެން ވެސް ބައިވެރިވުމަށް އުރީދޫއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު