ޚަބަރު
ފަރަށް އެރި ބޯޓެއް ފަޅަައިގެން ގޮސްފި
ސައުތު ލައިން ބޯޓު -- ފޮޓޯ: ފުލުހުން
ފަރަށް އެރި ބޯޓެއް ފަޅަައިގެން ގޮސްފި އެވެ.

ފުލުހުން ބުނީ "ސައުތުލޭން" ނަމަކަށް ކިޔާ ބޯޓެއް ނިލަންދޫ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ބޯޓު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މައުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ލޯންޗު ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ބޯޓްގެ ފަޅަައިގެން ގޮސްފައިވާ ތަނުގައި ފިލާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ސައުތުލައިންއަކީ މާލެ އާއި އައްޑޫއާ ދެމެދު ދަތުރު ކުރާ ބޯޓެކެވެ. އެއީ މުދާ އުފުލާ ބޯޓެކެވެ.

ނިމިދިޔަ ހަފުތާ އަދި މި ހަފުތާގައި ރާއްޖެއަށް މޫސުން ގޯހެވެ. ރާއްޖޭގެ ވަރަށް ބޮޑު ސަރަހައްދަކަށް މެޓު އޮފީހުން މިއަދު މޫސުމާ ބެހޭ ސަމާލުތަކެއް ވެސް ނެރުނެވެ.

ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރު ކުރާއިރު އުޅަނދުގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ހުރިކަން ޔަގީން ކުރަން ވެސް އެދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު