ހުޅުމާލެ ފޭސް ދޭއްގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

އާބަންކޯއިން ބުނީ އަންނަ ރޯދަ އަށް ހަދާ އެ މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. މިސްކިތް އިމާރާތް ކުރާނީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.އަމާޒަކީ ރޯދައިގެ ކުރިން މިސްކިތް އިމާރާތްކޮށް ނިންމައި ނަމާދު ކުރަން ފެށުން ކަމަށް އާބަންކޯއިން ބުނެ އެވެ.އާބަންކޯއިން ވަގުތީ މިސްކިތެއް އަޅަނީ ހިޔާ ފްލެޓު 11 ކައިރީގައި އޮންނަ ހުސް ބިމުގަ އެވެ.މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ވަނަ ވަގުތީ މިސްކިތެވެ. ހުޅުމާލެ ފޭސް ދޭއްގައި މިހާރު ވަގުތީ ދެ މިސްކިތް ތަރައްގީކޮށްފައި ވެއެވެ.