ޓަނަލް ދޮންބެ: ރާއްޖޭގެ ކަނޑު އަޑީގެ ޓަނަލް؛ ދުނިޔޭގެ އެންމެ ބޮޑު އެއް އަޖައިބު
ޢަބްދުﷲ ޖުނައިދު
23 ޖެނުއަރީ 2024 - 11:44
30 comments

ރައީސް ޑރ.މުއިއްޒު އިއްޔެ ވަނީ ދިވެހީންގެ ރާއްޖޭގައި ކަނޑުއަޑީގެ ރޭލު ޓަނަލެއް އެޅުމަށް ނިންމަވާފައިވާކަން އިޢުލާން ކޮށްފަ އެވެ. މިއީ ހަމަގައިމުވެސް ބޮޑު އަދި ރިސްކުވެސް އެހާމެ ބޮޑު، އެކަމަކު ބިލިއަން ޑޮލަރުގެ ފައިދާވާނެ މަޝްރޫއެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އަޖައިބަށް ހަދާލެވޭނެ ބޮޑު އަޖައިބެއްފަދަ ޓަނަލަކަށް ވެދާނެ އެވެ.
މާލެ އާއި ރަސްމާލެ، ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅާލާއިރު، މިއީ ފަސިންޖަރުން އެ މަގުން ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތިކަމުގެ އަޖައިބުވީ މަންޒަރު ފެންނާނެ ކަމެކެވެ. މި ތަޞައްވުރު ބޮޑު މަޝްރޫޢަކީ ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ މުހިންމު ކުރިއެރުމެކެވެ. ދިވެހިންނާއި ފަތުރުވެރިންނަށްވެސް މޫދުގެ ލޮނު ނުޖެހި ފީނައިގެން ދަތުރުކުރުމުގެ ތަޖުރިބާއެއް ލިބޭނެ ކަމެކެވެ. ފަޚުރުވެރިކަމާއެކު ބުނެވޭނީ ކުރިއަށް އޮތް މި ރޭލު ޓަނަލަކީ މި ބާވަތުގެ ފުރަތަމަ ޓަނަލަކަށް ވެގެންދާނެ ކަމަށެވެ. މިއީ ކަނޑުގެ ދިރުންތަކާއި ގުދުރަތީ ޒީނަތްތެރިކޮށްފައިވާ ދިރުމެއް ހުރި މުރަކަތައް ފެނުމުގެ ތަފާތު ފުރުސަތެކެވެ. އިނޮވޭޝަނަށް ރައީސް މުއިއްޒު ކުރާ ވައުދުގެ ހެކިތަކެއްގެ ގޮތުގައި، މި ކަނޑުއަޑީގެ ރޭލު ޓަނަލް ވަނީ ދެމެހެއްޓެނިވި ދަތުރުފަތުރުގެ އައިކޮނިކް ރަމްޒަކަށް ވާން ތައްޔާރުވެފަ އެވެ.ދުނިޔޭގައި ފާހަގަކޮށްލެވޭ ބައެއް ޓަނަލްތައް:1. ޗެނަލް ޓަނަލް (ޔޫރޯޓަނަލް):- އިނގިރޭސިވިލާތާއި ފްރާންސް ގުޅުވައިދޭ ޓަނަލް- ޢިމާރާތްކުރަން ފެށި އަހަރު: 1988- ޚިދުމަތްދޭން ފެށީ: 1994 ވަނަ އަހަރު- ސައިޒް: ގާތްގަނޑަކަށް 50.5 ކިލޯމީޓަރު (31.4 މޭލު) އެވެ.- ބަޖެޓް: ލަފާކުރެވޭ ގޮތުގައި 4.65 ބިލިއަން ޕައުންޑް (ޖީބީޕީ)2. ސެއިކަން ޓަނަލްތަން: ޖަޕާނުގެ ހޮންޝޫ ރަށާއި ހޮކައިޑޯ ރަށާއި ދެމެދު )ޓްސުގާރޫ ސްޓްރެއިޓްގެ ކަނޑުއަޑީގައި( ޢިމާރާތްކުރަން ފެށި އަހަރު: 1971 - ޚިދުމަތް ދޭން ފެށީ: 1988 ވަނަ އަހަރު- ސައިޒް: ގާތްގަނޑަކަށް 23.3 ކިލޯމީޓަރު (14.5 މޭލު)3. ޔޫރައޭޝިއާ ޓަނަލް:- ތަން: ތުރުކީގެ އިސްތަންބޫލްގެ ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ޓަނަލް. ބޮސްފޮރަސް ކަނޑުއަޑިން- ޢިމާރާތްކުރަން ފެށީ: 2011 ވަނަ އަހަރު- ޚިދުމަތް ދޭން ފެށީ: 2016 ވަނަ އަހަރު- ސައިޒް: ގާތްގަނޑަކަށް 5.4 ކިލޯމީޓަރު (3.4 މޭލު)- ބަޖެޓް: ގާތްގަނޑަކަށް 1.25 ބިލިއަން ޑޮލަރު ޔޫއެސްޑީ. 4. ނޯވޭގެ އައްސޭރިފަށުގެ ހައިވޭ ޓަނަލް ސިސްޓަމް:- ނޯވޭގެ އައްސޭރިފަށުގައި ކަނޑުއަޑީގެ ބައެއް ޓަނަލްތައް ހުރެއެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޓަނަލަކީ ނޯވޭގެ ލެރޑަލް ޓަނަލެވެ. މިތަން ޚާއްސައީ ޓަނަލް ތެރެއިން ދަތުރުކުރާއިރު ވަށައިގެންވާ މާހައުލުގެ ތަފާތު އަދި ރީތި މަންޒަރުތައް ފެންނާތީއެވެ. މުޅިން "ފެނުގެ އަޑީގައި" ހަދާފައި ހުރި ޓަނަލެއް ނޫން ނަމަވެސް، ފަރުބަދަމަތީ ސަރަހައްދެއްގެ ތެރެއިން، އާޓިފިޝަލް ލައިޓިން އާއި ޑިޒައިން އެލިމެންޓްތަކުން ނަލަކަމާއެކު ގުދުރަތީ ދުވާލު އަލި އަދި އާޓިފިޝަލް އެންޑް ނެޗުރަލް މިކްސްޑް ގުދުރަތީ މާހައުލެއް އުފައްދާ ބައިތައް ހިމެނެ އެވެ. ގާތްގަނޑަކަށް 24.5 ކިލޯމީޓަރު ދިގު މި ޓަނަލަކީ ނޯވޭގެ ލެރޑަލް އާއި އޯރލަންޑް ގުޅުވާލާ ޓަނަލެކެވެ. ނޯވޭގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ހާއްސަ "ޑޭލައިޓް" ޒޯންތައް ހިމަނާފައިވާއިރު، ދަތުރުވެރިންނަށް ހައިރާންކުރަނިވި ތަޖުރިބާއެއް ލިބިގެންދާ ގޮތަށް މިޓަނަލް ފަރުމާކޮށްފައި ވެއެވެ. ނޯޓް: ނޯވޭޖިއަން ކޯސްޓަލް ހައިވޭ ޓަނަލް ސިސްޓަމް: ކަނޑު އަޑީގެ ވަށައިގެންވާ މަގު ފެންނަގޮތަށް ބޮޑެތި ކުޑަދޮރު ފަދަ އާކިޓެކްޗަރަލް އެލިމެންޓްތައް ހިމެނޭ ބައެއް ޓަނަލްތައް ހުރެ އެވެ.5.ޑެލްޓާޕްލޭން ޑެލްޓާވަރކެން ޓަނަލް:- ތަން: ނެދަލެންޑްސްގައި ހުންނަ ޑެލްޓާ ވޯކްސްގެ ބައެއް. - އިމާރާތް ކުރަން ފެށި އަހަރު: 1980 ގެ އަހަރުތަކުގައި - ޚިދުމަތް ދޭން ފެށީ: 1987 ވަނަ އަހަރު6. ސްމާޓް ޓަނަލް:- ތަން: މެލޭޝިއާގެ ކުއަލަލަމްޕޫރު - ޢިމާރާތް ކުރަން ފެށި އަހަރު: 2003 - ޚިދުމަތް ދޭން ފެށި އަހަރު: ބައެއް ގޮތްގޮތުން ހުޅުވާފައިވަނީ 2007 ވަނަ އަހަރުއެވެ.- ސައިޒް: ގާތްގަނޑަކަށް 9.7 ކިލޯމީޓަރު (6 މޭލު)- ބަޖެޓް: ގާތްގަނޑަކަށް 1.9 ބިލިއަން މެލޭޝިއަން ރިންގިޓް )އޭރުގައިނަމަ 513 މިލިއަން އެމެރިކާ ޑޮލަރު(މި ބަޔާންކުރި، ފެންނަންހުރި ޓަނަލްތަކުން ކަނޑުއަޑީގެ އަޖައިބުވީ އަންތަރީސްކުރުވާނެ ކަމެއް ފެންނާކަށް ނެތެވެ. އެހެންކަމުން ރައީސް މުއިއްޒު ވާނީ އަންޑަރވޯޓަރ ރެއިލްވޭ ޓަނަލް ދޮންބެއަށް ނޫން ވަކި ކާކަށް ހެއްޔެވެ؟ ވެރިކަމުގެ މާމުއި ހަނދުވަރުގެ ދުވަސްވަރު ނިމުމާއެކީ ރައީސް ޑރ.މުއިއްޒު ދެން ވާނީ ރައްޔިތުންގެ ލޯބިވާ ޓަނަލް ދޮންބެ އަށްކަން ޔަޤީނެވެ. ދުނިޔޭގެ އެންމެ ބޮޑު އަޖައިބު ކުރަނިވި ކަނޑުއަޑީގެ ޓަނަލަށް މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލް ވާނެކަމީ ޝައްކެއް ނެތް ކަމެކެވެ.
ކިޔުންތެރިންގެ ޝުއޫރު