ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޯދީގެ ކިބައިން ރައީސް މައާފަށް އެދެންޖެހޭ: ގާސިމް
ހުމާ ނަސީމް
28 ޖެނުއަރީ 2024 - 21:19
0
comments
Tweet
Telegram
ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅަކީ ޖަޒުބާތުގައި ދެއްކެވި ވާހަކަފުޅުތައް ކަމަށާއި އެކަމަށް ރައީސް މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް އިޝާރާތް ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ދެއްކެވި ވާހަކަފުޅަށެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ކުޑަވެދާނެ. އެކަމަކު، އެއީ އަޅުގަނޑުމެންނަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކުގެ ސައިޒު ކުޑަޔަކަސް މިއީ 900000 އަކަ ކިލޯ މީޓަރު ބޮޑު ގައުމެއް ކަމަށާއި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ރާއްޖެ އަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ.
ގާސިމް ވިދާޅުވީ، ރައީސް ޗައިނާއަށް ވަޑައިގަތުމަށް ފަހު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް މަރުހަބާ ދެންނެވެން ނެތް ކަމަށެވެ. އޭގެ ތެރެއިން އެއް ވާހަކަފުޅުގެ ގޮތުގައި ގާސިމް ފާހަގަކުރެއްވީ، އާސަންދައިގެ ދަށުން ދިވެހީން ބޭސްފަރުވާއަށް ދިއުމަށް ތައިލޭންޑާއި ޔޫއޭއީ ހަމަޖެއްސުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅެވެ.
"އަޅުގަނޑުމެންނަކީ ބެކްޔާޑުގައި އޮތް ތަނެއް ނޫނޭ ބަޔެއްގެ އެހެން ވެސް ވިދާޅުވީމަ ވަކި ބަޔަކަށް އެބަ ނިސްބަތްވޭ އަނެއްކާ ބުލީ ކުރެވޭނެ ބަޔެއްވެސް ނޫން ކަމަށް އެވެސް ރަނގަޅު ވާހަކަފުޅެއް ނޫން އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެން ރައީސް މުއިއްޒު ޗައިނާ އިން ވަޑައިގެން އެ ދެއްކެވި ވާހަކަފުޅުގެ ދެތިން ހަތަރު ޕޮއިންޓަށް، ރަސްމީކޮށް އިންޑިއާ ސަރުކާރުންނާއި ބޮޑުވަޒީރު މޯދީގެ ކިބައިން ޕްރޮފެޝަނަލްކޮށް މައާފަށް އެދިވަޑައިގަންނަވަން،" ގާސިމް ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި ނަމަވެސް ގާނޫނީ ހުދޫދޫގެ ބޭރުން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
3 ދުވަސް ކުރިން
0
ވަޒީރުންނާ ސުވާލުކުރެވޭ އަހާ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ
5 ދުވަސް ކުރިން
0
ރައީސް އެންޑޯސްކުރި ކެންޑިޑޭޓުން ކޮންގްރެސްއަށް ސޮއިކުރައްވައިފި
7 ދުވަސް ކުރިން
0
ރައީސް އިދިކޮޅަށް ގޮވާލެއްވީ ދެކޮޅުވެރިކަމާއި ހިޔާލު ތަފާތުވުން ދޫކޮށްލުމަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަންހެނުންގެ ދައުރު ފުޅާކުރުމުގެ ހެޔޮ ނަތީޖާ ފެނޭ: މެޑަމްސާޖިދާ
4 ގަޑިއިރު ކުރިން
0
މި ސަރުކާރުގެ ސަފީރުންނަށް ފުރަތަމަ ފަހަރަށް ރުހުން ދީފި
5 ގަޑިއިރު ކުރިން
0
ސީއެސްސީގެ މެންބަރު ކަމަށް ފާތިމަތު ހަބީބާއަށް ރުހުން ދީފި
5 ގަޑިއިރު ކުރިން
0
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ދުބާއީގައި ތަރައްގީކުރަނީ
7 ގަޑިއިރު ކުރިން
0