ޚަބަރު
އަޒުލު ކުރުމުގެ މާއްދާތައް ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އާދީއްތަ ދުވަހު އެވެ.

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ރައީސް އަދި ނައިބު ރައީސް މަގާމުން ވަކިކުރަން ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. 

އިއްޔެ އިދިކޮޅު މެންބަރުންގެ ވޯޓާ އެކު ވަނީ ސަރުކާރުގެ ތިން ވަޒީރަކަށް ވެސް ރުހުންނުދޭން ވެސް މަޖިލީހުން ފާސްކޮށްފައެވެ. އެކަމަކު، ރުހުން ނުލިބުނު ތިން ވަޒީރުން އިއްޔެ ވަނީ އަލުން ވަޒީރު ކަމަށް އައްޔަންކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު ހިންގާ ކޯލިޝަނުން ވެސް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ސޮއިކޮށްފައިވަނީ 23 މެންބަރުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު