ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކޮލަމް
ރައީސް މުއިއްޒު އަޒުލުކުރަން އުޅޭ އަސްލު ސަބަބު!
އަބޫ ފުރުޤާން ޢޖ
01 ފެބުރުއަރީ 2024 - 21:38
1
comments
ރައީސް ޑރ. މުހަންމަދު މުއިއްޒު
Tweet
Telegram
ކޮރަޕްޝަނާ ކުރިމަތިލުމަށް ކެރިގެން މަސައްކަތް ކުރާތީ، ވެރިކަމުގައި ހުންނެވިތާ 100 ދުވަސް ނުވަނީސް ރައީސް މުއިއްޒު އަޒުލުކުރަން އިދިކޮޅުން މަސައްކަތް ފަށައިފި އެވެ.
ވެރިކަމާ ޙަވާލުވެ ވަޑައިގެން ފުރަތަމަ ދުވަހުވެސް ކޮރަޕްޝަނަށް ރައީސް ނޫނެކޭ ވިދާޅުވި އެވެ. އޭގެ ސަބަބުން އިދިކޮޅުގައި ތިބި މީހުންގެ ނާޖާއިޒު ފައިދާ ހޯދަމުންދިޔަ "ސަގާފީ" މަގުތަކަށް ބުރޫއަރައިފި އެވެ. ސަރުކާރުގެ ބައިތުލްމާލުން ވައްކަންކޮށް ފައިދާ ހޯދި މީހުންގެ ފަރާތުން ކެނޑިނޭޅި ރައީސް މުއިއްޒު އަޒުލުކުރާ ވާހަކަ މިހާރު ދައްކަނީ އެމީހުން ޒިކުރުކުރާ މިންވަރަށްވުރެ ވެސް ގިނައިންނެވެ. ހަމަ އެންމެ ސަބަބަކަށް ޓަކައެވެ. ރައީސް މުއިއްޒު އަޒުލުކުރަން އުޅެނީ ވައްކަމާއި ކޮރަޕްޝަން ނުހިންގިގެން ނެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާއިރު، ކޮރަޕްޝަންގެ އަމަލުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކަ އެވެ. ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ޖަވާބުދާރީވުމުގެ ގޮތުން ރައީސްގެ ވައުދުގެ ސަބަބުން ބައިނަލްއަގްވާމީ ޖަމިއްޔާތައް ހިމެނޭ ގޮތަށް އެކި ފަރާތްތަކުގެ ތައުރީފު ވަނީ ލިބިފަ އެވެ. އިގްތިސާދަށް ކުރާ ހެޔޮ އަސަރުތަކަށާއި، ގައުމުގެ ރައްޔިތުންގެ ޖުމްލަ ހެޔޮ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މިވަރުގެ ސަރުކާރެއް ފާއިތުވީ ތަނުގައި ދިވެހިން ދެކެފައި ނުވެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ކަޅު ފައިސާ ކޮރަޕްޓް މީހުންގެ ޖީބަށް ވަނުމަށް އުނދަގޫވާ މާހައުލެއް ގާއިމްކޮށްފައި ވާތީ އެކަމަށް ތައުރީފު ކުރެވެމުން އެބަދެ އެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް ފެންނަންހުރި ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ސްޓޭންޑެއް ނަގާ ލީޑަރުންނަށް ގިނަ ފަހަރަށް ކުރިމަތިވަނީ އުނދަގޫ ގޮންޖެހުންތަކެވެ. ވަކި މަސްލަހަތުތަކުގެ ދެކޮޅުވެރިކަމެވެ. ސިންގަޕޫރާއި ނިއުޒީލެންޑް ފަދަ ގައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެގައުމުތަކުގެ މުޖުތަމައު ބަދަލުވެ، ސަރުކާރުގެ މުއައްސަސާތަކަށް އިތުބާރު އިތުރުވެ، އިގްތިސާދީ ހާލަތު ރަނގަޅުވެއްޖެ އެވެ. ރައީސް މުއިއްޒުގެވެސް މިސްރާބު ހުރީ ސިންގަޕޫރު ލެވެލް އަށް މިރާއްޖެ ގެންދިޔުމަށެވެ. އެމަނިކުފާނަށް ޖެއްސުންކޮށް ހުރަސް އަޅައި ކަންތައް ނުކޮށްފިނަމަ މިރާއްޖެއަކީ ދެވަނަ ސިންގަޕޫރަކަށް ހަދާނެކަން އިދިކޮޅު އެންމެންވެސް ގަބޫލު ކުރެއެވެ.
ނޭޅޭނެއޭ ބުނި ބުރިޖުވެސް އެއޮތީ އަޅާފަ އެވެ. ނުހިއްކޭނެއޭ ބުނި ރަސްމާލެ ވެސް އެހެރަ ހިއްކަނީ އެވެ. މަސްވެރިންނަށް ކުރީ ސަރުކާރުން ގޯނާކޮށް އެތައް މިލިއަން ރުފިޔާއެއް ނުދީ ހިފެހެއްޓިއިރު އެފައިސާވެސް މުއިއްޒު ރައީސްކަމަށް ވަޑައިގެން ދެއްވީ އެވެ. އެސްޓީއޯ އާއި މިފްކޯއާއި އެޗްޑީސީ މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ރައީސް މުއިއްޒު ވަނީ ޤާބިލް ބޭފުޅުންނާއި އެތަންތަން ޙަވާލުކޮށް ހަރުދަނާ ކޮށްފި އެވެ.
ރައީސް މުއިއްޒު މަގާމުން ދުރުކުރަން އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ދުއްވާލަނީ ކަޅު ފައިސާ ހިފެހެއްޓުމެއް ނެތި ޖަމާވި ނިޒާމަކަށް އެނބުރި އައުމުގެ އެދުމެވެ. މި ސިޔާސީ ބޮޑު ހަނގުރާމަ އާއި ގައުމު ކުރިމަތިލާއިރު، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އަށް ވައުދުވި މީހުންނަށް އެކަން ނުވިޔަސް، މުއިއްޒުއަކީ އެކަން ކުރާނެ ހިއްވަރު ހުރި ރައީސެއްކަމުގެ ހެކި އެބަ ފެނެ އެވެ. ކޮރަޕްޝަން ނައްތާލުމަށް ރައީސް މުއިއްޒުގެ ހިކުމަތްތެރިކަމަކީ އުއްމީދުގެ އަލިފާންގަނޑެއްގެ ގޮތުގައި ދެކޭއިރު، އެއީ ޖަވާބުދާރީވާ ލީޑަޝިޕްގެ އާ ޒަމާނެއްގެ އިޝާރާތެކެވެ.
ތެދެކެވެ؛ ވިދާޅުވި ގޮތަށް ރައީސް ޔާމީނު ގެއަށް ގެނެސްދެއްވި އެވެ. ދެން އޮތީ ޝަރުއީ މަރުހަލާގެ ތެރެއިން އަދުލު އިންސާފު ހޯދުމެވެ.
ވިދާޅުވި ގޮތަށް އާސަންދައިގެ ތެރެއިން ކުރަމުންދިޔަ މިލިއަން ޑޮލަރުގެ ވައްކަންތައް ހުއްޓުވައި ދެއްވުމަށް އެގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.
ވިދާޅުވި ގޮތަށް ގެއްލުނު ކަނޑު ހޯދައިދިނުމަށް އެގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. ބަންޑާރަ ނައިބަށް އިދިކޮޅުން ވޯޓު ނުދެއްވީ އެހެންވެ އެވެ.
ވިދާޅުވި ގޮތަށް އިސްލާމްދީނުގެ ކަންތައްތައް އުނގަންނައިދީ، އިސްލާމީ ވެރިކަމެއްގައި އޮންނަގޮތަށް ޚިޔާނާތާއި ވައްކަމާއި ފެޔަށް މަސައްކަތްކޮށް އެ ދޮރުތައް ރައީސް މުއިއްޒު ބަންދުކުރައްވާތީވެ، އެމަނިކުފާނުގެ އިސްލާމިކް މިނިސްޓަރަށް އިދިކޮޅު މީހުން ރުހުން ނުދިނީވެސް އެހެންވެއެވެ.
ހަގީގަތަކީ ރައީސް މުއިއްޒު ވެރިކަން ކުރައްވަމުން އެގެންދަވަނީ އެމަނިކުފާނު ވިދާޅުވި ގޮތަށް އަކުރުން އަކުރަށެވެ. ދިވެހިންގެ ތެރެއިން ވަކިބަޔަކު ގައުމުގެ ތިޖޫރިން ޕްރޮފެޝަނަލްކޮށް ވައްކަން ކުރީއެވެ. ގުޅިގެން ރޭވިގެންނެވެ. ރައީސް މުއިއްޒު ވެރިކަމުން އަޒުލުކުރަން އުޅެނީ މިމަގުތައް ބަންދުކުރަމުން ގެންދާތީ އެވެ.
ޑރ. މުއިއްޒު އަކީ ދިވެހީން މުރްސީ އެވެ. މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު ވައްޓާލި ސަބަބުތަކުގެ ފަހަތުގައި ވަނީ ދީނުގެ ރިސާލަތައް ގޮވާލެއްވުމާއި "ޖާއިޒް ނޫން" ކަމެއް ނަމަ ނޫނެކޭ ވިދާޅުވުމެވެ.
ދަންނަ އެވެ. އިންސާނުން ވެސް ވިހައިގެން ބޮޑުވެ ތަސައްރަފް ފުދެނީ 15 އަހަރުންނެވެ. ރައީސް މުއިއްޒު އަޒުލުކުރަން ނޫޅުއްވާ ސިޔާސީ މަސައްކަތުގައި ވެރިން "ސިޔާސަ" ޑރ. މުއިއްޒު އަށް ވަގުތު ދެއްވާށެވެ. މިވީ މަދު ދުވަސްތަކުގައި
ކުރި ރަނގަޅު ކަންތައް ހަނދާނުން ނެތި ދިއުމަކީ ދުނިޔޭގެ ސުންނަތާއި ގަދީމީ އާދަ ނަމަވެސް ދިވެހިރާއްޖެ، ރާއްޖެއެއްގެ ގޮތުގައި ދެމި އޮތްހާ ހިނދަކު، މުއިއްޒުގެ ހިދުމަތްތެރި ހަނދާންތައް ފިލައިގެން ހިނގައިދާނެތޯ އެވެ؟
Tweet
Telegram
ގުޅުންހުރި ލިޔުންތައް
21 ގަޑިއިރު ކުރިން
0
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި
1 ދުވަސް ކުރިން
0
އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދަންޖެހޭ: ރައީސް
3 ދުވަސް ކުރިން
0
މަތީ ތައުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯނުތަކަކަށް ހަދަނީ
4 ދުވަސް ކުރިން
0
މަހެއް ތެރޭ ތެލަސީމިއާ ސެންޓަރު ނިންމަން ސިފައިންނާ ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
11 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
18 ގަޑިއިރު ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
20 ގަޑިއިރު ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
20 ގަޑިއިރު ކުރިން
0