ދުނިޔެ
ޕާކިސްތާނުގެ ޕޮލިސް ސްޓޭޝަނަށް ހަމަލާދީ 10 އޮފިސަރުން މަރާލައިފި
ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ދެކުނު ޑިސްޓްރިކްޓް ޑެރާ އިސްމާޢީލް ޚާންގެ ޕޮލިސް ސްޓޭޝަނަކަށް ރޭ ދަންވަރު ޓެރަރިސްޓުން ދިން ހަމަލާއެއްގައި 10 އޮފިސަރުން މަރުވެއްޖެ އެވެ.

ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި ހޯމަ ދުވަހުގެ ހެނދުނު ޕްރޮވިންސް ޕޮލިސް ޗީފް ވިދާޅުވީ ހަމަލާދިނީ ރޭ ދަންވަރު ދިހަވަރަކަށް ހަނގުރާމަވެރިންނެވެ.

ފުލުސް އޮފިސަރު ވިދާޅުވީ މިހަމަލާގައި 10 މީހަކު މަރުވެފައިވާއިރު ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ޕާކިސްތާނުގައި އިންތިހާބު ބޭއްވުމުގެ ދެދުވަސް ކުރިން މިހަމަލާ ދީފައިވާއިރު، މީގެ ކުރިން ވެސް ކެންޑިޑޭޓުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކަށް ހަމަލާތައް ދީފައިވެ އެވެ.

ހައިބަރު ޕަހުތުންހުވާ ޕްރޮވިންސްގެ ބޯޑަރު ސަރަހައްދުތަކަކީ ހަނގުރާމަވެރިންގެ ޢަމަލުތައް ބޮޑު ސަރަހައްދެކެވެ. ދޭތެރެދޭތެރެއިން އެސަރަހައްދުގައި ޕާކިސްތާނުގެ ތާލިބާނުންނާއި ދާޢިޝް ހަނގުރާމަވެރިން ސަރުކާރުގެ އިމާރާތްތަކަށާއި ސަލާމަތީ އަމާޒުތަކަށް ހަމަލާދެއެވެ.

ރޭ ފަތިހު ދިން ހަމަލާގެ ތެރޭގައި ހަނގުރާމަވެރިން ވަނީ ވަގުތުކޮޅަކަށް ފުލުސް އޮފީހުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ފުލުހުންގެ ވެރިޔާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ހަނގުރާމަވެރިންގެ ހަމަލާ ފެށީ މެންދުރު 1:30 އެހާކަންހާއިރު ކަމަށާއި ހެނދުނުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނަށް ފަހު ބައެއް ޓެރަރިސްޓުން ފިލައިގެން ދިޔަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު