
އިންޓީރިއަރ މިނިސްޓަރު ގޯހަރު އީޖާދު ވިދާޅުވީ، ސިޔާސީ ހަމަނުޖެހުން ބޮޑުވެފައިވާ މިދަނޑިވަޅުގައި ވޯޓު ލާ ސަރަހައްދުގައި 137 ހާހަށްވުރެ ގިނަ ސިފައިން ހަރަކާތެރިވާނެ ކަމަށެވެ.ޕާކިސްތަނުގެ ސާވޭއަކުން ދައްކާ ގޮތުގައި ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ޕާކިސްތާން ތަހްރީކް އިންސާފަށް ވޯޓު ދޭން ބޭނުން ނަމަވެސް އެމީހުންގެ ނަޒަރުގައި ދެން ހުންނާނީ އެގައުމުގެ ބޮޑުވަޒީރަކަށް ނަވާޒް ޝަރީފެވެ.މި ސާވޭގައި ޕާކިސްތާން ޕީޕަލްސް ޕާޓީގެ ބަދަލުގައި ޖަމާޢަތު އިސްލާމީ ފާހަގަކޮށްފައިވަނީ ތިންވަނަ ފޭވަރިޓް ޕާޓީގެ ގޮތުގައެވެ.ފާހަގަ ކޮށްލަންޖެހޭ ކަމަކީ މިފަހަރުގެ އިންތިޚާބު މިބާއްވަނީ އެގައުމުގެ އެންމެ މަގުބޫލް ލީޑަރު އިމްރާން ޚާން ގަދަބާރުން ޖަލަށްލައި އަދި އޭނާގެ އަނބިކަނބަލުންވެސް ޖަލަށްލައި އަދި ނުވިތާކަށް އެދެމީހުންގެ ކައިވެނިވެސް ބާޠިލް ކަމަށް ނިންމުމަށްފަހުގައެވެ.