
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި މި މަހުގެ 16 އިން 18 އަށް މިއުނިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ 60 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ބައްދަލުވުމުގައި "ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިން އަޕް ކްލައިމެޓް ފައިނޭންސް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ދުނިޔޭގެ އެހެން އިސްވެރިންނާ އެކު މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.އަދި މި ބައްދަލުވުމުގެ ހަވާސާގައި އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ޒަމީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ބައިނަލްއަގްވާމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މިނިސްޓަރުންނާއި އިސް އޮފިޝަލުންގެ އިތުރުން އެކިއެކި ދާއިރާތަކުގެ މާހިރުން ބައިވެރިވާ ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުމެކެވެ.