ޚަބަރު
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް
ކަސްޓަމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ކަނބަލަކު އައްޔަން ކުރައްވައިފި އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ޅ.ހިންނަވަރ،ު ސަންދުރަ ފާޠިމަތު ދިޔާނާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިޔާނާއަށް މަގާމުގެ ލިޔުމާއި ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.

މިއ،ީ ރައީސް މުއިއްޒުގެ ސަރުކާރުން ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއ،ި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަދި، ތަންފީޒީ އިދާރާތަކުގެ ހިންގުމުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނުކުރެވުނު ފަހަރަށްވުމާއެކު، މިއީ ކަސްޓަމްސްގެ އިތުރުން ތަންފީޒީ އެހެން އިދާރާތަކުގެ ހިންގުމުގައި ވެސް ފިރިހެނުންނާއި އަންހެނުން ތަފާތުކުރުމެއްނެތި ޝާމިލުކުރުމަށް ތަނަވަސްވި ފުރުސަތެެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ދިޔާނާ ވަނީ ކަސްޓަމްސްގެ ޚިދްމަތުގައި 23 އަހަރު ފުރިހަމަކުރައްވާފައެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ.

ދިޔާނާގެ އިތުރުން ކަސްޓަމްސްގައި މިހާރު ދެ ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވަ އެވެ. އެއީ އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު