ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރޯދަ މަހު ފެނާ ކަރަންޓް ބިލް ބޮޑު ނުވާ ގޮތް ހަދައިފިން: ރައީސް
މަރިޔަމް އަނާ
04 މާޗް 2024 - 09:50
0
comments
Tweet
Telegram
އާއްމުގޮތެއްގައި ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލަށް އަރާވަރަށްވުރެ ބިލުތައް ބޮޑުނުވާނެގޮތަށް ބިލުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބ.އަތޮޅުގެ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މިރޭ ވިދާޅުވީ ރޯދަ މަހަކީ އާންމުކޮށް ވެސް ކަރަންޓް ބިލާއި ފެން ބިލު ބޮޑުވާ މަހެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަހުން ފެށިގެން ދެން ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށެވެ.
"އާންމު މަހެއްގަ އެހުންނަ ރޭޓުގަ ކެޕްކޮށްފަ، މާނައަކީ ކުރިން ހުންނަ ވަރަށް، އާންމު މަހެއްގަ ހުންނަ ވަރަށް ކަރަންޓު ބިލާ ފެންބިލާ ހުންނާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެގޮތަށް ހަމަޖެއްސެވީ ސްޓެލްކޯ އަދި ފެނަކައާ ވާހަކަ ދައްކައިގެން ކަމަށެވެ. ސްޓެލްކޯ އިން ވަރަށް މަދު ރަށަކަށް ފެނުގެ ހިދުމަތް ދީ، އެރަށްރަށުގެ ގޭބިސީތަކުން 30 ރުފިޔާގެ ޗާޖެއް ވެސް ނަގަ އެވެ. ރައީސް ވިދާޅުވީ އެ ޗާޖު ނެގުން ވެސް އުވާލަން ނިންމާފައިވާ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދިނުމުގެ އިންތިޒާމްތައް ވެސް އެސްޓީއޯ މެދުވެރިކޮށް ކުރަމުންދާ ކަމަށެވެ. ކޮންމެ ގެއަކަށް 10 ކިލޯގެ ދެ ބަސްތާ ހަވާލުކުރުމަށް ކައުންސިލްތަކާ އެ ސާމާނު ހަވާލު ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
"މިފަދަ ކޮންމެ ލުޔެއް ދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ބްރީތިން ސްޕޭސްއެއް، ހަމަޖެހިލައިގެން ނޭވައެއް ލެވޭނެ ގޮތަށް ހަދައިދެވޭތޯ މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ރޯދަމަހު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ގޭބީސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހަދިޔާ ކުރެއްވުމަށް ނިންމަވާފަ އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފުށާއި ހަނޑުލުގެ ޝިޕްމަންޓްތައް ރާއްޖެ ލިބި، ކައުންސިލްތަކުން އެ ތަކެތި ބެހުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި މިއީ މި އެހީ ބެހުމުގައި ފަގީރުންނާއި ނިކަމެތިންނަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ދުވަސް ކުރިން
0
ދޮގު ޑޮކިއުމެންޓްރީތައް ހެދިޔަސް އިސްކުރާނީ ކެތްތެރިކަން: ރައީސް
1 މަސް ކުރިން
0
ފުލުހުން އަދަދު ރެއިޑުކުރުން ؛ ސަރުކާރުގެ ސިޔާސީން ދެކޭގޮތް!
1 މަސް ކުރިން
0
ޕޯސްޓުތައް ހުތުރު ނަމަވެސް ވިދާޅުވީ؛ މިއަދުގެ މައުލޫން ބޭރު ކަމަށް!؟
1 މަސް ކުރިން
0
ރައީސަށް ތުހުމަތުކުރި ވާހަކަތައް ދޮގުކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލީހުގެ ނައިބު ރައީސް ކަމަށް ފަލާހުގެ ޝައުގެއްނެތް!
3 ގަޑިއިރު ކުރިން
0
ގަދަ ވަޔާއެކު އައްޑޫ ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި
6 ގަޑިއިރު ކުރިން
0
ޕީއެންސީގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް: ނާޒިމް
6 ގަޑިއިރު ކުރިން
0
މަޖިލީހުގެ ނައިބު ރައީސް ހޮވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި
6 ގަޑިއިރު ކުރިން
0