
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސައޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ޕްރިންސް ޑރ. މަންޞޫރު ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހެވެ.އެ މަނިކުފާނު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށެވެ.ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޕްރިންސް މަންސޫރަށް އަލްވަދާޢު ވިދާޅުވީ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަސީރެވެ.