ޚަބަރު
ގަވާއިދާ ހިލާފަށް އުޅޭ 817 ބިދޭސީން ފޮނުވާލައިފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 817 ބިދޭސީއަކު، މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް ގައުމަށް އަނބުރާ ފުރުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ނުބަލާ އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ހޯމް މިނިސްޓްރީން ޓާސްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން އެ އިދާރާއިން އެ މައްސަލައާ ގުޅޭ 22 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 15 އޮޕަރޭޝަން ހިންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޝައްމާން ވިދާޅުވި ގޮތުގައި މިހާތަނަށް ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް، ސައްހަ ވިޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި އެކިއެކި ކުށްރަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔާފާރީގައި ޝާމިލުވާ ބިދޭސީން އެ އޮޕަރޭޝަނުގައި ޑީޕޯޓްކޮށްފައިވެ އެވެ.

ޝައްމާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކުރާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު