ޚަބަރު
ދެވަނަ ފިޔަވަހީގައި ބިނާކުރި ދާއިމީ މިސްކިތް މިއަދު ހުޅުވައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި މިސްކިތް ހުޅުވައި ދެއްވީ އިސްލާމިކް މިނިސްޓަރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން އަލަށް ބިނާކުރި "މަސްޖިދު ހަސަން އާދަމް" މިސްކިތް މިއަދު ހުޅުވައިފިއެވެ.

ނިރޮޅުމަގުގައި ހުންނަ އެ މިސްކިތް ހުޅުވައި ދެއްވީ މިއަދު ހުކުރު ނަމާދު ވަގުތަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިސްކިތް ހުޅުއްވައިދެއްވަމުން ޝަހީމް ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތް ކަމަށެވެ.

މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ދެވަނަ ފިޔަވަހީގައި ދާއިމީ އިތުރު މިސްކިތެއް ހުޅުވިގެން ދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބޭނެ ކަމެއް ކަމަށެވެ.

އަމިއްލަ ފަރާތަކުން ބިނާކުރި މި މިސްކިތުގެ އިތުރުން ވެސް އިތުރު ފަސް މިސްކިތެއް ދެވަނަ ފިޔަވަހީގައި އަންނަނީ ބިނާކުރަމުންނެވެ.


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ މި މިސްކިތަކީ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. އަމިއްލަ ފަރާތަކުން ތަރައްގީކުރި މި މިސްކިތަކީ މިހާރު ހުޅުމާލެ ފޭސް 2 ގައި ތަރައްގީކުރަމުންދާ 5 މިސްކިތުގެ ތެރެއިން މިސްކިތެކެވެ. މި މިސްކިތަކީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.

މިމިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު