
ނައިބު ރައީސުންނަށް ހާއްސަކޮށްފައިވާ ގެކޮޅު ކަމަށްވާ "ހިލާލީ" ގެއިން ނައިބު ރައީސް ނިކުމެވަޑައިގެން، ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ބަދަލުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މިކަމާއި ގުޅިގެން ނައިބު ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި، އެފަދަ ވާހަކަތައް ފަތުރައިގެން މުޖުތަމައި ފަސާދަކުރުން ހުއްޓާލުމަށް އެ މަނިކުފާނު ވަނީ ގޮވާލައްފާ އެވެ.ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި މުޅި ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.ރަސްމީ ގެކޮޅު، ހިލާލީގެއިން ނައިބު ރައީސް ނުކުމެވަޑައިގެން ކަމަށް ބައެއް މީޑިއާތަކުން އަޑު ފަތުރާފައިވާއިރު، އެ މަނިކުފާނު އަދި ހިލާލީގެއަށް ބަދަލުވެވަޑައެއް ނުގަންނަވައެވެ. އެ ތަނުގައި އަދިވެސް އަންނަނީ މަރާމާތުތަކެއް ކުރަމުންނެވެ.ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅެން ހާއްސަކޮށްފައިވާ ގެކޮޅެވެ.