
ސްޓެލްކޯއިން މީޑިއާއަސް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އަދި ރޯދަ މަހުގައި ކަރަންޓު ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވާތީ މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން އާއްމުންގެ ކިބައިން އެދޭ ކަމަށެވެ.ސްޓެލްކޯއިން ބުނި ގޮތުގައި އާއްމު މަހެއްގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު 94 މެގަވޮޓަށް އެރި ނަމަވެސް މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުންކުރަމުންދާކަން އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.މާލެ ސަރަހައްދުގައި ކަރަންޓު އުފައްދާ މެކްސިމަމް ކެޕޭސިޓީއަކީ 122 މެގަވޮޓެވެ.ކަރަންޓުގެ ލޯޑް މަތިވާ މައިގަނޑު ސަބަބަކީ ފިނިކުރަން ބޭނުން ކުރާ ތަކެތި ޖެއްސުމުގައި ސަމާލުކަން ދޭންވާ ވަރަށް ނުދިނުމެވެ. ހާއްސަކޮށް އެއާކޮންޑިޝަން ބޭނުން ކުރުމުގައި ސަމާލުކަން ނުދިނުން ހިމެނެ އެވެ، މީގެ އިތުރުން ކަރަންޓުން ކައްކަން ބޭނުންކުރާ ކުރާ ފަދަ ތަކެތި ޖެއްސުން ވެސް ހިމެނެ އެވެ. އެހެންވެ މި ދުވަސްވަރު ކޮންމެ އަހަރެއްގައި ވެސް ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާތައް އާއްމުން ކުރެ އެވެ.