ވިޔަފާރި
ފަހު ދިހައެއްގައި ބީއެމްއެލްއިން ހިދުމަތް ދޭނީ ހެނދުނު
ރޯދަ މަހުގެ ފަހު ދިހައެއްގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭނެ ގަޑިތައް އާންމު ކޮށްފިއެވެ. 

ބީއެމްއެލްއިން މިއަދު ބުނެފައިވަނީ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށްކަމަށެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިން ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރގެ އެކި ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެ އެވެ.

ހިދުމަތް ލިބޭނެ ގަޑިތައް

  •  ބޭރަށް ފައިސާ ފޮނުވުން ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ޕޭރޯލް އަދި ބަލްކް ޓްރާންސްފާސް ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް (ހެނދުނު 10 ގެ ކުރިން )
  •  އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރުން https://www.bankofmaldives.com.mv/banking-hours-during-ramadan މި ލިކްކުން
ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯއްދެވުމެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު