
މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ. އަދި މާދަމާ ރޯދަ ހިފަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.އެމަނިކުފާނުގެ ވާހަކަފުޅުތަކުން ފިތުރު އީދު ދުވަހަށް ވާނީ އަންނަ ބުދަ ދުވަހެވެ.