
މިފަހަރު މަޖިލީހަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން މެމްބަރު ކަމަށްވާ އުމުރުން 27 އަހަރުގެ އަލްސަން ޕީއެންސީއާ ގުޅިވަޑައިގަތީ މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ މެމްބަރު ކަމުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.އަލްސަން ޕީއެންސީއާ ގުޅުމާ އެކީ އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަަދަދު މިހާރު 75 އަށް އަރަ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި 8 މެންބަރަކު އެ ޕާޓީއާ ގުޅުމުންނެވެ.މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީން ޖުމްލަ 66 ގޮނޑި ކާމިޔާބުކުރި އެވެ.ޖުމްލަ 93 މެންބަރުން ހިމެނޭ އާ މަޖިލިސް މެމްބަރުން އަންނަ އަންގާރަ ދުވަހު މަގާމުގެ ހުވާ ކުރައްވާނެ އެވެ.