ޚަބަރު
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ފަށައިފި އެވެ.

މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ދިރާސީ އަހަރު މި ފެށީ ސްކޫލުތަކުގައި އާންމުކޮށް ކިޔަވައިދޭ ވަގުތުތައް ކުރުކޮށްލައިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި ވަނީ ކުރިއަށް އޮތް ތިން ދުވަހު، ކޮންމެ ސްކޫލެއްގައި ވެސް ގިނަ ވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ.

ދިރާސީ އާ އަހަރު ފެށިއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 ދަރިވަރުން ކިޔަވާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު