ޚަބަރު
ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
"ދަނޑުވެރި ނަފާ" ލޯނު ސްކީމްގެ ދަށުން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށެވެ.

"ޖުމްލަކޮށް 13 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އދ. އޮމަދޫ އާއި ދ. ދަރަނބޫދޫގައި ހައިޑްރޯފޯނިކްސް ފާމިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން މި ދެ ރަށުން ކޮންމެ ރަށެއްގެ 10 ދަނޑުވެރިއަކަށް ހައިޑްރޯފޯނިކްސް ސިސްޓަމް ފޯރުކޮށްދޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިޝާމާ ވިދާޅުވި އެވެ.

އެ ގޮތުން ކޮންމެ ދަނޑުވެރިއަކަށް 50 ލެޓިއުސް އިންދޭ ސިސްޓަމަކާއި ކިއުކަމްބާ މެލަންގެ 25 ގަސް ހެއްދޭ ސިސްޓަމެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ މަޝްރޫއުގެ ޕްރޮކިއުމެންޓް މަސައްކަތްތަކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު