ޚަބަރު
ދަނޑުވެރިންނަށް މާލީ އެހީ ފޯރުކޮށްދޭ ލޯނަށް އެދެން ހުޅުވާލައިފި
ދަނޑުވެރި މަންފާ ޕްރޮގްރާމް އިފުތިތާހް ކުރުން
ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ދަނޑުވެރި މަންފާ" ޕްރޮގްރާމް އިފުތިތާހުކޮށްފި އެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެ ސްކީމަކީ އެ ވުޒާރާއާއި، އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށް ގެންދާ ސްކީމެއް ކަމަށެވެ. އަދި އެ ގްރާންޓް ސްކީމަށް ހުޅުވާލަނީ އެސްޑީއެފްސީ މެދުވެރުކޮށް ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވި އެވެ.

ދަނޑުވެރި މަންފާ ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 15.1 މިލިއަން ރުފިޔާ އެވެ. މި ޕްރޮގްރާމް، މި ފައިސާ ހުސްވަންދެން ކުރިއަށްގެންދާނެއެވެ. "މިފަދަ ބޮޑު ގްރާންޓެއް 15.1 މިލިއަން ރުފިޔާ އަކީ ކުޑައެއްޗެއް ނޫން،" ވަޒީރު ވިދާޅުވި އެވެ.

އެ ޕްރޮގްރާމް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ އެ ޕްރޮގްރާމަކީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

ރަމީލާ ވިދާޅުވީ ދަނޑުވެރިކަން ރަނގަޅު ގޮތުގައި ކޮށްގެން މަންފާ ލިބޭނެކަން ސާބިތު ވެފައި އެބަހުރި ކަމަށާއި އެހެންވެ، މި ދާއިރާ އިތުރަށް ތަރައްގީ ކޮށްގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ސަރުކާރާއި ވުޒާރާގެ މަގްސަދަކީ ދަނޑުވެރިކަން ތަރައްގީ ކުރުމާއި ދަނޑުވެރިން ތަރައްގީކުރުމާއި ދަނޑުވެރިކަމުން ލިބޭ ކާނާގެ ބާވަތްތަކަކީ ރައްކާތެރި ކާނާގެ ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު