ދުނިޔެ
ލަންކާގެ ރައީސްކަމުގެ ހުވާ އަނޫރާ ކުރައްވައިފި
ލަންކާގެ އާ ރައީސް ޑިސަނަޔަކެ މަގާމުގެ ހުވާ ކުރެއްވުން --
ކޮލަންބޯ - ވާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ، ޖަނާތާ ވިމުކްތީ ޕެރަމޫނާ ޕާޓީ (ޖޭވީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކެ 55, ސްރީ ލަންކާގެ ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ޑިސާނަޔަކަ ރައީސްކަމުގެ ހުވާ ކުރެއްވީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ޑިސާނަޔަކަ ކާމިޔާބުކުރެއްވީ 5.74 މިލިއަން ވޯޓުންނެވެ.

މިއީ ފޯޓުގެ 55.89 ޕަސެންޓެވެ. ޑިސާނަޔަކައާ އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރެމަދާސާއަށް ލިބިވަޑައިގަތީ 4.53 މިލިއަން ވޯޓެވެ. 

ލަންކާގެ ރައީސްކަމަށް ޑިސެނަޔަކެ އިންތިހާބުވުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ކަމަކަށެވެ. އިންތިހާބު އޭނާ ކާމިޔާބު ކުރައްވާނެ ކަމަށް ކުރިން ގިނަ ބަޔަކު ގަބޫލު ނުކުރެ އެވެ.

ކުރު މުއްދަތެއް ތެރޭގައި މަޝްހޫރުކަން ހޯދައި ޑިސެނަޔަކެ ލަންކާ ގާނޫނު ހަދާ މަޖިލީހުން 2000 ގައި ޖާގައެއް ކަށަވަރު ކުރީ ނެޝަނަލިސްޓުންގެ ލިސްޓުގައި ހިމެނިގެންނެވެ. އެއާއެކު ސިޔާސީ މައިދާނުގައި ޑިސެނަޔަކެ ފިޔަ ޖަހަމުން ގޮސް 2014 ގައި ޖޭވީޕީގެ ލީޑަރުކަން ހޯއްދެވި އެވެ.

އިންތިހާބުވުމަށްފަހު ޑިސެނަޔަކެ ވިދާޅުވީ މިއީ ރައްޔިތުން ހޯދި ކާމިޔާބީއެއް ކަމަށެވެ. މި ކާމިޔާބީއާއެކު ގައުމަށް ބަދަލުތަކެއް ގެނެސް ހަމަޖެހުން ގާއިމު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ. އަދި އެންމެ މުހިންމީ ރައްޔިތުން ކަމާއި، ކޮންމެ ކަމަކަށް ގައުމު އިސްކުރާނެ ކަމަށް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު