
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެ ގައުމުން އާސަންދައިގެ ޚިދުމަތް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޒީނިއާ ވިދާޅުވީ ތައިލެންޑާއި ޔޫއޭއީގައި އާސަންދައިގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ހިދުމަތް ފެށޭނެ ދުވަހެއް ޒީނިއާ ވިދާޅެއް ނުވެ އެވެ."ތައިލެންޑް، ޔޫއޭއީގައި މި ޚިދުމަތް ފެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އެބަގެންދޭ،" އޭނާ ވިދާޅުވި އެވެ.ދިވެހި ރައްޔިތުން އާސަންދަ މެދުވެރިކޮށް މިވަގުތު ބޭސް ފަރުވާ ހޯދަން ދާ ދެ ގައުމަކީ އިންޑިއާ އަދި ސްރީލަންކާ އެވެ. ނަމަވެސް ސިއްހީ ހިދުމަތުގެ ފެންވަރު އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލޭންޑާއި ޔޫއޭއީ އަށްވެސް އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.