ޚަބަރު
ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހްކޮށްފި
ކޫލް ސްކޫލް ޕްރޮޖެކްޓް އިފުތިތާހު ކޮށްދެއްވުމަށް މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތު
ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން، "ކޫލް ސްކޫލް" ޕްރޮޖެކްޓް މިއަދު އިފުތިތާހްކޮށްފި އެވެ.

ކ. މާފުށީ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "ކޫލް ސްކޫލް" މަޝްރޫއު އިފުތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލެއް އޭސީ ކުރަން މި ފަށާ ޕްރޮޖެކްޓަކީ ހަމައެކަނި ފިނިކުރުމަކުން ނިންމައިލާނެ ކަމެއް ނޫން ކަމަށެވެ.

"ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސް ވާނެ. ފިނިކަމާ އެކު ދަރިވަރުންގެ ސްލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ. ހިތް އުފާވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރުވެގެންދަނީ 38 ޕަސެންޓް ކަމަށާއި އެ ޕްރޮޖެކްޓްގެ 30 އިންސައްތަ ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު