ޚަބަރު
ޑަބްލިއުއެޗުއޯގެ މެމްބަރުކަން ފަލަސްތީނަށް
ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށްފަހު، ގައުމުތަކުން ފޮޓޯއަކަށް ހުއްޓިލައިގެން.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ލިބިއްޖެ އެވެ.

އެ ޖަމާއަތުން އިއްޔެ ބޭއްވި އަހަރީ އާއްމު ބައްދަލުވުމުގައި 177 ގައުމުގެ ތެރެއިން، ރާއްޖެ ވެސް ހިމެނޭ ގޮތަށް 101 ގައުމަކުން ވަނީ ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ތާއިދުކޮށްފަ އެވެ. އެކަމަށް ދެކޮޅު ހެދީ ފަސް ގައުމަކުންނެވެ.

އެ ނިންމުމާއި ގުޅިގެން އެ އެސެމްބްލީގައި ބައިވެރިވެވަޑައިގަންވަމުން ގެންދަވާ ރާއްޖޭގެ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވީ، މި ތާރީީ ނިނިންމުމާއެކު، އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ބަޖެޓް ލިބުމާއި ވޯޓުލުމުގެ ހައްގު ހިމެނޭ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ މެމްބަރުކަން ފަލަސްތީނަށް ލިބުނުއިރު، އދ. އިން ވަނީ މި މަހު ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ޖަމާއަތުގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ވެސް ފާސްކޮށްފަ އެވެ.

ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ފަލަސްތީނުގެ ސިއްހީ މައްސަލައަށް ރިއާޔަތްކުރަން ވޯޓު ދީފަ އެވެ.

 




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު