ޚަބަރު
އީޔޫއިން ރާއްޖެއަށް 6.5 މިލިއަން ޔޫރޯ ދޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
އީޔޫގެ އިސްއޮފިޝަލުންނާއެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ނޫ އިޤުތިސާދު ހަރުދަނާކުރަން ޔޫރަޕިއަން ޔޫނިއަން، އީޔޫން 100 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ދިވެހި ސަރުކާރަށް ދެއްވައިފި އެވެ.

"އިމްޕްރޫވްޑް ބަޔޯޑައިވާސިޓީ މެނޭޖްމަންޓް ޓު ސަޕޯޓް އަ ބްލޫ އިކޮނޮމީ އިން ދަ މޯލްޑިވްސް"(އެމްއައިޕީ)ގެ ނަމުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ފަސް ވަނަ އިޔޫގެ އިސް އޮފިޝަލުންގެ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުމަށް ލިބިފައިވާ ގިނަގުނަ ކުރިއެރުންތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްކުރެވޭ މަސައްކަތްތަކާއި ޝަރުއީ ނިޒާމު ހަރުދަނާކުރުމަށާއި ނިރުބަވެރިކަމާއި ދެކޮޅަށް އީޔޫއާ ގުޅިގެން ރާއްޖެއިން ކުރާ މަސައްކަތްތަކަށް ލިބިފައިވާ ކުރިއެރުންތައް ފޮރިން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އީޔޫންދަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އީޔޫއާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ފަސް ވަނަ ބައްދަލުވުމުގައި ގާނޫނީ ވެރިކަން ހަރުދަނާކޮށް ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިންކުރާ މަސައްކަތްތަކަށް އެހީވުމަށް 74.8 މިލިޔަން ރުފިޔާގެ އެހީއެއް އީޔޫން ދެއްވާފައިވެ އެވެ.  

އޭގެ އިތުރުން، ޝެންގެން ވިސާ ފަސޭހައިން ލިބޭނެ ގޮތް ހެދުމާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ޒަމީރު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު