ވިޔަފާރި
މޭ ؛ އެންމެ މަދުން ޓޫރިސްޓުން އައި މަސް
މިދިޔަ "މޭ" މަހަކީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ މަދުން ޓޫރިސްޓުން އައި މަސް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ މަހު ޒިޔާރަތްކުރީ 119،875 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 120،959 ފަތުރުވެރިންނަށްވުރެ 0.9 ޕަސެންޓް ދަށް އަދަދެކެވެ.

ފަތުރުވެރިންގެ އަދަދު މަހުން މަހަށް

  • ޖެނުއަރީ: 192،385 ފަތުރުވެރިން
  • ފެބްރުއަރީ: 217،392 ފަތުރުވެރިން
  • މާޗް: 194،227 ފަތުރުވެރިން
  • އެޕްރީލް: 168،366 ފަތުރުވެރިން
  • މޭ: 119،875 ފަތުރުވެރިން
ތަފާސް ހިސާބުތަކުން ފެންނަން އޮތް ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އިންޑިޔާ އިން އައި ޓޫރިސްޓުންގެ އަދަދު 42 ޕަސެންޓް ދަށްވެ ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 59 ޕަސެންޓް އިތުރުވެފަ އެވެ. 

ޓޫރިސްޓުން އަންނަ ވަރަށް ބަލާއިރު މި މަސް ނިމޭ އިރު ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައުމުގެ ފުރުސަތު ބޮޑެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. 

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 855 ގެސްޓްހައުސް އާއި 149 ސަފާރީ އުޅަނދާއި 15 ހޮޓާ ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،254 އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު