ވިޔަފާރި
އެއްމިލިއަން ވަނަ ފަތުރުވެރިޔަކަށް ތައިލެންޑް މީހެއް
އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ހޮވުނީ ތައިލެންޑް މީހެއް. -- ފޮޓޯ: އަވަސް
މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތައިލެންޑްގެ މީހަކު ހޮވިއްޖެ އެވެ.

މިއީ މި ނަސީބު ލިބުނު ތައިލެންޑްގެ އުމުރުން 37 އަހަރުގެ ސުޓާޕާ އަމޯންވިވަތު ރާއްޖެއަށް ކުރި ދެވަނަ ދަތުރެވެ. އޭނާ ފުރަތަމަ ރާއްޖެ އައީ 2011 ވަނަ އަހަރު ކައިވެނިކޮށްގެން ހަނީމޫނަށެވެ.

ސުޓާޕާ މިއަދު ރާއްޖެ އައީ އޭނާގެ ފިރިމީހާ އާއި ދެ ކުދިންނާ އެކު ނިޔާމަ ޕްރައިވެޓް އައިލެންޑުގައި ޗުއްޓީ ހޭދަކުރުމަށެވެ.

އެއްމިލިއަން ވަނަ ފަތުރުވެރިޔަކަށް ސްޓާޕާ ހޮވުމާ ގުޅިގެން ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަހު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވަނީ އޭނާއަށް ދީފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެއް މިލިއަން ފަތުރުވެރިން ހަމަވީ ޖުލައި 16 ވަނަ ދުވަހު އެވެ.  

ރާއްޖެއަށް މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެ ގައުމުން ވަނީ 115،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 100،000 ޓޫރިސްޓުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުން 90،000 މިލިއަން ޓޫރިސްޓުން އަ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު