ވިޔަފާރި
ޓޫރިޒަމަށް މި އަހަރު 2600 އެނދު ނެރެނީ
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލު
މިއަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް އިތުރު 2،600 އެނދު ނެރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ، މިހާރު ވެސް 9 އަތޮޅަކުން 19 ރަށެއް ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ކަމަށާއި މިއަހަރު ތެރޭ އިތުރު 12 ނުވަތަ 15 ރިސޯޓާއި އެކީ 2،600 އެނދު އިތުރުވެގެންދާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ މިހާރު ރިސޯޓުތައް ތަރައްޤީކުރެވޭ ސްޕީޑަށް ބަލާއިރު، މިއަހަރުތެރޭ 15 ނޫނީ 12 ރިސޯޓު އަލަށް ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށެވެ.

"މިހާރު ސްޓެޓިސްޓިކްސްއަށް ބަލާފައި، ލަފާކުރެވޭނީ 2600 އެނދު މިއަހަރު ނެރެވޭނެ، މީގެތެރޭގައި ހިމެނޭ އަލަށް ހުޅުވިގެންދާނެ 12 ނޫނީ 15 ރިސޯޓު." ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވި އެވެ.

ރާއްޖެ އަށް މި އަހަރު މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 900،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ޓޫރި×ަމް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދާދި ފަހުން އިތުރު 9 އަތޮޅަކުން 19 ރަށް ޓޫރިޒަމަށް ހުޅުވާލާފައިވާކަން ފާހަގަކުރެއްވި އެވެ. 

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެ ރަށްތަކަށް އިންވެސްޓަރުން ހޯދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަން ކަމަށާއި، އެކި ގައުމުތަކުގައި އިންވެސްޓަސް ފޯރަމްތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިހާރު ރާއްޖޭގެ ބެޑް ކެޕޭސިޓީ އަކީ 62،300 އެވެ. އެއީ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއޮ ސިޓީ ހޮޓާ ފަދަ 1،198 ފެސިލިޓީއެއް ހިމެނޭ ގޮތަށެވެ. އެގޮތުން 174 ރިސޯޓަކުން ނެރެފައިވާ 42،955 އެނދާއި، 860 ގެސްޓުހައުސްއަކުން ނެރެފައިވާ 14،461 އެނދު ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު