ޚަބަރު
ބޮޑުވަޒީރު މޯދީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެމަނިކުފާނުގެ ބީޖޭޕީއަށް ލިބުނު ކާމިޔާބީއާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ. 

އިންތިހާބުގެ ނަތީޖާތައް އިއުލާނުކޮށް، މޯދީ އިންތިހާބު ކާމިޔާބުވެއްޖެކަން ހާމަކުރެއްވުމާ ގުޅިގެން ރައީސް އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މޯދީއާއި، ބީޖޭޕީ އަދި އެ ޕާޓީގެ އެންޑީއޭ ކޯލިޝަނަށް ރައީސްވަނީ މަރުހަބާ ވިދާޅުވެފަ އެވެ. 

"2024 ވަނަ އަހަރުގެ އިންޑިއާގެ އާންމު އިންތިހާބުކޮށް، ޖެހިޖެހިގެން ތިންވަނަ ދައުރަކަށް އިންޑިއާގެ ވެރިކަން ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބީޖޭޕީ އަދި އެ ޕާޓީ އިސްކޮށް އޮންނަ އެންޑީއޭ ކޯލިޝަނުން ކާމިޔާބުކުރީތީ މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ. 

ދެ ގައުމުގެ ހިއްސާވަނިވި މަސްލަހަތުތަކާއި ހަމަޖެހުމަށް އެކީގައި މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 


މިދިޔަ އޭޕްރިލް މަހުގެ 19ގައި ފެށުމަށްފަހު، މިމަހުގެ އެކެއްގައި ނިންމި އާންމު އިންތިޚާބުން މޯދީ ވަނީ ކާމިޔާބީ އިއުލާންކުރައްވައިފަ އެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި މިހާތަނަށް ވެރިކަން ކުރާ ބީޖޭޕީއަށް ވަނީ 238 ގޮނޑި ލިބިފަ އެވެ. އެ ޕާޓީ އިސްވެ އޮންނަ ކޯލިޝަނަށް މިހާތަނަށް 296 ގޮނޑި ލިބި، ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މައި އިދިކޮޅު ޕާޓީ ކޮންގްރެސްއިން އިސްކޮށް އޮންނަ އިންޑިއާ ކޯލިޝަނަށް މިހާތަނަށް ލިބިފައިވަނީ 234 ގޮނޑި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު