ޚަބަރު
މަސްއޫދުގެ ސަފީރުކަމުގެ ފަތްކޮޅު ލަންކާގެ ރައީސް ރަނިލްއަށް އަރުވައިފި
މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށް މިއަދު އަރުވަނީ --
ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އަރުވައިފި އެވެ.

މަސްއޫދުގެ ސަފީރުކަމުގެ ފަތްކޮޅު ރަނިލްއަށް އަރުވާފައި ވަނީ ކޮލޮމްބޯގައި ހުންނަ ރައީސްގެ ގެކޮޅުގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ސަފީރު މަސްއޫދަށް މަރުހަބާ ދަންނަވާފައެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މަސްއޫދު ހަމަޖެއްސުމަށް ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

މިސްރުގެ އަޒުހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވި މަސްއޫދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ މީޑިއާ ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި އިސް މަގާމުތަކުގައި ހިދުމަތް ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު