ޚަބަރު
މުސްތަގުބަލެއް ހޯދަން އެމްޑީޕީން މަގުޗާޓެއް އެކުލަވައިލަނީ
އާ ސިޔާސީ މުސްތަގުބަލުގެ ލީޑަރުން ބިނާކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ހިންގުމަށް ބަދަލު ގެންނަން ހާއްސަ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ. 

ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށް ވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި ޕާޓީ ހިންގުމަކީ ރާއްޖޭގެ ޑިމޮކްރެސީ ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށެވެ.

ޕާޓީ މުއައްސަސާއެއްގެ ގޮތުގައި ހަރުދަނާކުރުމަށް އިންސްޓިޓޫޝަނަލައިޒްކުރުމުގެ މަސައްކަތްތައް ހިންގާނެ ގޮތުގެ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

އޭގެ އިތުރަށް މުސްތަގުބަލުގެ ލީޑަރުން އެމްޑީޕީގެ ތެރެއިން އުފައްދާނެ ގޮތުގެ މަގުޗާޓެއް އެކުލަވައިލުމަށް ގައުމީ މަޖިލީހުގައި ފައްޔާޒު އެދިވަޑައިގެންފައިވެ އެވެ. އަދި އެ މަގުޗާޓަކީ އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކެއްގެ މައްޗަށް އެކުލެވޭ ޕާޓީއެއްކަން ފެންނަ، އެ ޕާޓީއަށް ތާއީދުކުރާ މީހުންގެ ވޯޓު އެ ޕާޓީއަށް ލިބޭނެ ގޮތްތައް ހިމެނޭ މަގުޗާޓެއް ކަމުގައި ހަދައިދޭން އޭނާ އިލްތިމާސް ކުރެއްވި އެވެ. 

"މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ" ކަމަށް ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު