ވިޔަފާރި
އެސްޓީއޯގެ ފަރާތުން ފަލަސްތީން ފަންޑަށް ތިން ލައްކަ ރުފިޔާ ހަދިޔާ ކޮށްފި
އެސްޓީގެ މުވައްޒަފުން ފައިސާ ހަދިޔާކުރުމަށް ޕީއެސްއެމްގެ ޓެލެތޯންގައި.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިއްޔެ ކުރިއަށް ގެންދިޔަ ޓެލެތޯން އަށް އެސްޓީއޯ އިން 300،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީތެރިވުމަށް ހާއްސަ ގައުމީ ޓެލެތޯންއެއް ފެށީ އިއްޔެ ހެނދުނެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް މިއަދު ފެށި "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯންގައި މި ފައިސާއާ ގުޅޭ ރަމްޒީ ޗެކް އެސްޓީއޯއިން ވަނީ ޕީއެސްއެމްއާއި ހަވާލުކޮށްފަ އެވެ.

އެސްޓީއޯއިން މިދިޔަ އަހަރު ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފައިސާ ހަދިޔާކޮށްފަ އެވެ. އެ ގްރޫޕުގެ ކުންފުނިތަކުން ޖުމްލަ އެއް މިލިއަން ރުފިޔާ މި ފަހަރު ހަދިޔާ ކުރި އެވެ.

އެސްޓީއޯ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ހެޑް އޮފީހުގެ ތިރީގައި ވެސް ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގައި އެސްޓީއޯގެ އެކި އައުޓްލެޓުތަކާއި ފާމަސީތަކުގައި ވެސް ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯންގައި މާލޭގެ އެކި ތަންތަނުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ. އެ ޓެލެތޯންގެ ކަވަރޭޖު ބައި ޕީއެސްއެމުން ނިންމާލި ނަމަވެސް، އޮންލައިންކޮށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު މިއަދު 6 ޖެހުމާ ހަމައަށް އެބައޮތެވެ.

ޕީއެސްއެމް އިން ރިޕޯޓުކުރާ ގޮތުގައި، އެ ޓެލެތޯނަށް ރޭ މެންދަމު 1:15އާ ހަމައަށް 14.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި ޓެލްތޯން ރޭ 12:00 އަށް ނިންމާލަން ރޭވި ނަމަވެސް، ގިނަ ބައެއްގެ އެދުމުގެ މަތިން ޓެލްތޯން ޝޯތައް ނިންމައި، މިއަދު ހަވީރު 18:00 އާއި ހަމައަށް އޮންލައިން ޓްރާންސްފާ ކުރުމުގެ ފުރުސަތު އިތުރު ކޮށްފައިވާ ކަމަށް ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު، ޒީނާ ޒާހިރު ވަނީ ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު