ޚަބަރު
މާލޭގެ ގޯޅިއަކަށް ފަލަސްތީން ހިންގުން ކިޔަން ނިންމައިފި
މާލޭގެ ގޯޅިއަކަށް "ފަލަސްތީން ހިންގުން" ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މާލޭގެ ނަންނުދީ އޮތް ދެމަގުގެ ތެރެއިން އެއްމަގަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހުށައެޅުއްވީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.

މިއަދު ބޭއްވި މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 151ވަނަ ރަސްމީ އާންމު ޖަލްސާގައި ނިންމާފައިވަނީ ނަން ކިޔާނެ މަގަކާއި އަދި އެމަގަށް ކިޔާނެ ނަމެކެވެ.

ފަލަސްތީނު ހިނގުން ނަން ކިޔަން ނިންމާފައިވަނީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ، ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަމަގަށެވެ.

މަގަށް ކިޔާނެ ނަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މާލޭގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދިނުމަށް ކައުންސިލަށް ހުށަހެޅީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ރާއްޖޭގެ ރައްޔިތުން އަބަދު ވެސް ތިބޭނެކަން ހާމަ ކުރުމުގެ އިތުރުން ފަލަސްތީނުގެ ބިމަކީ ދިވެހީންގެ ހިތްތަކުގައި ހާއްސަ ޖާގައެއް ދެވިފައިވާ ބިމަކަށް ވާތީ ކަމަށް ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު