ޚަބަރު
އާސަހަރާ މިސްކިތުގެ މަސައްކަތް އޮގަސްޓު މަހުގެ ފަހު ހަފުތާގައި ނިމޭނެ: އާޒިމް
މާލޭގެ އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމަތުކުރުމުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މާލޭގެ މޭޔަރު އާދަމު އާޒިމް ވިދާޅުވެއްޖެ އެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތްކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އާސަހަރާ މިސްކިތުގެ މަސައްކަތް ލަސްވަނީ އެތަނުގެ ކުރެހުމަށް އެކި ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށެވެ.

"އެހެންވީމަ ކުރަމުންދާ ވަރަކަށް މަސައްކަތްތަކަށް ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކޮންޓްރެކްޓަރަށްވެސް އުނގަދޫތަކެއް ދިމާވި. މަސައްކަތް ބެހިފައިވަނީ ދެ ބަޔަކަށް. އެއްބަޔަކީ ސްޓަކްޗާ މަސައްކަތް. އަނެއް ބަޔަކީ ފިނިޝިން މަސައްކަތް، އަދި ވަރަށް ގިނަ ފަހަރަށް ހުޅުމާލޭގައި ހިނަވާ މާލެ ގެންނަންޖެހޭ ފަހަރުވެސް އެބަ އާދޭ. ހުޅުމާލޭގައި ފެންތިލަވީމަ ވާރޭވެހިއްޖެއްޔާ އެތާ ވަޅުލެވޭ ގޮތެއް ނުވޭ. އެކަހަލަ ބޮޑެތި މައްސަލަ ތައްވެސް އެބަހުރި އެތަނުގައި. ވެލިވެސް އަޅަން ޖެހޭ. ވެލި އެޅެން އަންނަނީ އެތަނަށް ބަދަލުކޮށްފައި ވެލި އަޅާ އެތަނަކީ ރަނގަޅަށް ބޭނުން ކުރެވޭތަނަކަށް އެތަން ބަދަލުކުރަން އެބަޖެހޭ،" އާޒިމް ވިދާޅުވިއެވެ.

މަރާމާތަށް އާސަހަރާ ބަންދުކޮށް، ވަގުތީ ގޮތުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖެއްސީ 2023 މެއި ގައެވެ. އާސަރަހާ ތަރައްގީކުރުމުގެ މަސައްކަތް މީގެ ކުރިން ހަވާލުކޮށްފައިވަނީ ޕީއެންފީ މޯލްޑިވްސްއާ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އިތުރު މުއްދަތު ދިނުމަށްފަހު އެއް މުއްދަތުގެ ތެރޭގައިވެސް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުދިއުމުން އެއްބަސްވުން ބާތިލުކުރި އެވެ.

މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.

"މިހާރުގެ ކޮންޓްރެކްޓަރު ހައިމަން ވަނީ އަޅުގަނޑުމެން ކައިރި ބުނެފައި އެ މަސައްކަތްތައް އެ ބޭފުޅުންގެ ހަރަދުގައި ކޮށްދެއްވާނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު