ޚަބަރު
މިމަހު އީދު މިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ނަގައިފި
މި ހިނގާ ޖޫން މަހުގެ ތެރޭގައި ހަމައެކަނި އީދު މިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީދު މިސްކިތުގެ ކެމަރާ ފުޓޭޖްތައް ނެގުމަށްފަހު ފުލުހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަން ނުކުރުމަށާއި މިސްކިތުގެ ތަކެއްޗަށް ގެއްލުންދީ ނެހެދުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭރު ވަގަށް ނެގި ހަ ފަންކާއެއް ހޯދައި 31 އަހަރުގެ މީހަކު ވެސް ފުލުހުން ހައްޔަރުކުރި އެވެ.

އެ މީހާއަކީ މިސްކިތްތަކުގައި ހުންނަ ފެންމޯޓަރުތަކުން ވެސް ވައްކަން ކުރާ މީހެއް ކަމަށް ފުލުހުން އޭރު ތުހުމަތު ކޮށްފައިވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު