ޚަބަރު
ސިޑްސް ކޮންފަރެންސްގައި ބައިވެރިވާން ސަރުކާރުން 3.8 މިލިއަން ހަރަދުކުރި
ސިޑްސްގެ ގްލޯބަލް ބިޒްނަސް ނެޓްވޯކްގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު
ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވަފުދެއް ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.

މި ދަތުރުފުޅުގެ ޚަރަދުތައް ހާމަކޮށްފައިވަނީ ރައީސްގެ ސިޔާސަތުތަކުގެ ތެރެއިންނެވެ. އެންޓިގާ އެންޑް ބާބިޑާ ގައި ކުރިއަށް ދިޔަ މި ކޮންފަރެންސް ގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ. ރައީސްގެ އަރިހުގައި 16 ބޭފުޅުން ވަޑައިގަތެވެ.

  1. ޓިކެޓް ހަރަދު (16 ބޭފުޅުން) - 2،644،485.88
  2. ޓްރާސްޕޯޓް ހަރަދު - 271،956.52
  3. އެކަމޮޑޭޝަން - 618،043.67
  4. ޕޮކެޓްމަނީ (16 ބޭފުޅުން) 141،312.00
  5. ފަރިއްކޮޅު - 164،014.17
  6. ސްޓޮޕް އޯވާ - 18،468.00
  7. އިންސިޑެންޓަލް ހަރަދު - 6134.70
  8. މުޅި ޖުމްލަ - 3،864،414.94
ކުދި ޖަޒީރާތަކުގެ މި ކޮންފަރެންސްފައި އ.ދ. ގެ 37 މެމްބަރު ގައުމު ބައިވެރިވި އެވެ. ކޮންފަރެންސް ކުރިއަށް ގެންދިޔައީ އެންޓިގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ.

މި ފަހަރުގެ ކޮންފަރެންސްގެ ވައިސް ޗެއާއެއްގެ ގޮތުން ހަމަޖައްސާފައި އޮތީ ރާއްޖެ އެވެ. އެ ކޮންފަރެންސްގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރެއްވުމަށް ކުރާނެ ބައެއް މުހިންމު ކަންކަން ވެސް އިއުލާން ކުރައްވައިފަ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު