ޚަބަރު
ރައީސަށް ޗައިނާގެ ރައީސް، އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އުފަން ދުވަސް ވެސް އެއް ދުވަހަކާ ދިމާވާތީ، ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހާއްސަ ސިޓީފުޅަކުން ދުވަހުގެ ހެޔޮ އެދުންތައް މިއަދު އަރިސް ކުރައްވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޝިން މިއަދު ރައީސް އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ޗައިނާގެ ރައީސްގެ ފަރާތުން ތަހުނިޔާގެ ސިޓީއެއް އެރުވިއެވެ.

އެ ސިޓީގައި ރައީސް ޝީ ވަނީ، މިއަދަކީ ރައީސް މުއިއްޒުގެ އުފަންދުވަސް ކަމަށްވުމުން ހެޔޮ އެދުންތައް ރައްދުކުރައްވައި، ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މުސްތަގުބަލަށް ޓަކައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށާއި ޗައިނާ-މޯލްޑިވްސް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް މިހާރަށްވުރެ ވަރުގަދަ ކުރުމުގެ ޝައުގުވެރިކަން ވެސް ރައީސް ޝީ ފާޅުކުރެއްވި ކަމަށް ރައީސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ސިޓީ ހަވާލުކޮށްދެއްވުމުން ޗައިނާގެ ސަފީރަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ޗައިނާގެ ރައީސްގެ އުފަންދުވަހަކީ ވެސް މިއަދު ކަމުން، އެ މަނިކުފާނަށް ރައީސް ދެއްވާ މެސެޖެއް ސަފީރާ ހަވާލުކުރެއްވި ކަމަށް އެ އޮފީހުން ބުންޏެ

މި ބައްދަލުވުމުގައި ރައީސް މުއިއްޒާއި ޗައިނާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަ ކުރުމަށާއި ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ އަދި ކުރިއަށް އޮތް ތަނުގައި ސޮއިކުރަން ނިންމާފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ޗައިނާގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު