
މި ކަމާއި ގުޅުވައި މައުލޫމާތު ދެމުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒު ކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާއީ ހަރަކާތްތައް ހިމެނޭހެން ފޯރުކޮށްދޭ މައުލޫމާތު ސެޝަންތަކެއް ކަމަށެވެ.އެގޮތުން، މި ޕްރޮގްރާމްގެ ތެރެއިން އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާއިރު، ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދާ އިސްރަށްވެހިން މުޖުތަމައުއަށް ނެރުމަށް އަހުލުވެރި ކުރުވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެހީތެރިވުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.މި ޕްރޮގްރާމްގައި މަޢުލޫމާތު ދެނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނެވެ. އެގޮތުން ސެޝަންތަކުގައި މަޢުލޫމާތު ދިނުމަށް، ނަރުހުންނާއި ސޯޝަލް ވޯކަރުން ބައިވެރިވެ އެވެ.