ޚަބަރު
ދަތުރުދާނެ ރަށްތައް ތަރައްގީ ކުރުމަށް ކުރި އިއުލާން ބާތިލުކޮށްފި
ދަތުރުދާ ރަށެއް ކޮންމެ އަތޮޅެއްގައި ހަދަން ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ކުރި އިއުލާނު ބާތިލުކޮށްފި އެވެ. 

މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމެންޓުން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ "ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް" ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ކުރި އިއުލާނު މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.

އެކަަމަކު އެ އިއުލާނު މިހާރު ބާތިލުކޮށްފައިވާއިރު އެ ސަބަބެއް މިނިސްޓްރީގެ އިއުލާނުގައި ނެތެވެ. 

އެކަމަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީ ކުރަން ސަރުކާރުން ހިންގާ "ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް" ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު