ޚަބަރު
މަރުވީ ތިލަމާލެ ބުރިޖުގެ މަސައްކަތްތެރިއެއް؛ ތަހުގީގު ކުރިއަށްދޭ: މިނިސްޓްރީ
ސިނަމާލެ ބުރިޖުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މަސައްކަތްތެރިއެއް މިދިޔަ ހޯމަ ދުވަހުގެ ރޭ މަރުވި ކަމަށް ބުނާ ހަބަރު ދޮގުކޮށް، މަރުވެފައިވަނީ ތިލަމާލެ ބުރިޖު ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މަސައްކަތްތެރިއެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ މީހަކު މަރުވެފައިވާ ކަމަށާއި އެ ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"މިފުރުސަތުގައި ތިލަމާލެ ބްރިޖު ސައިޓުގައި ނިޔާވި ފަރާތުގެ އާއިލާއަށް މިނިސްޓްރީގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ،" އެ ޕޯސްޓުގައިވެއެވެ.

ފުލުހުން ބުނެފައިވަނީ، ހޯމަ ދުވަހުގެ ރޭ އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ މީހާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެއީ އިންޑިއާ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާއާއި އެ މީހާ މަރުވި ގޮތާ ގުޅޭ އިތުރު ތަފުސީލެއް ހާމަނުކުރެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު