ޚަބަރު
ރާއްޖެ ހިމެނޭ ސަރަޙައްދުގެ ވޯލްޑް ބޭންކު ކަންޓްރީ ޑިރެކްޓަރަކަށް ސިސްލެން
ރާއްޖެ ހިމެނޭ ސަރަހައްދުގެ ވޯލްޑް ބޭންކުގެ އާ ކަންޓްރީ ޑިރެކްޓަރު ޑޭވިޑް ސިސްލެން
ރާއްޖެ އާއި ނޭޕާލް އާއި ސްރީލަންކާ ހިމެނޭ ސަރަހައްދުގެ ވޯލްޑް ބޭންކުގެ އާ ކަންޓްރީ ޑިރެކްޓަރަކަށް ޑޭވިޑް ސިސްލެން ހަމަޖައްސައިފި އެވެ.

ރާއްޖެއަށް އައު ކަންޓްރީ ޑިރެކްޓަރެއް އައްޔަންކޮށްފައިވާކަން ހާމަކޮށް، ވޯލްޑް ބޭންކުން ބުނީ ޑޭވިޑް ސިސްލެން ރަސްމީކޮށް މަޤާމާއި ހަވާލުވާނީ ޖުލައިމަހުން ފެށިގެންކަމަށެވެ.

އެމެރިކާ އަދި އިޓަލީގެ ރަށްވެހިކަން އޮންނަ ސިސްލެން ވޯލްޑް ބޭންކާއި ގުޅުނީ 2001ވަނަ އަހަރުއެވެ. އޭނާވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކޮށްފަ އެވެ.

އެންމެފަހުން އޭނާ މަސައްކަތްކޮށްފައިވަނީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގެ ޕްރެކްޓަކްސް މެނޭޖަރަކަށެވެ.

މަގާމު ލިބުމާ ގުޅިގެން ސިސްލެން ދެއްވި މެސެޖުގައި ވިދާޅުވީ ވަރަށް އަވަރަށް ސްޓޭކްހޯލްޑްރުންނާއި ބައިވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

"އަހަރެންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ސްޓެރެޓެޖިކް ޑައިލޮގު ކަނޑައެޅުމުގައި ކުރީސަފުގައި ހުރެ ބޭންކުން އިސްކަންދޭ އަވަސްމިނާއި، ބޮޑުމިނާއި، އޭގެން ކުރާނެ އަސަރަށް ބިނާކޮށް އޮޕަރޭޝަންތައް ބައްޓަން ކުރުމާއި، ސަރުކާރުތަކާއި ތަރައްގީގެ ބައިވެރިންނާއި ގިނަ ސްޓޭކްހޯލްޑަރުުންނާއެކީ ގާތުން މަސައްކަތް ކުރުން" އޭނާ ވިދާޅުވި އެވެ.

ސިސްލެން ހަވާލުވާ ސަރަހައްދުގެ ވޯލްޑް ބޭންކުގެ ޕޯޓްފޯލިއޯ އަގުކުރެވިފައި ވަނީ 4.8 ބިލިއަން ޑޮލަރުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު