ވިޔަފާރި
ހަރަދުތައް ހަމަޖެއްސުމަށް 3.3 ބިލިޔަން ރުފިޔާގެ ޓީބިލް ވިއްކައިފި
ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޖުމްލަ 3.3 ބިލިއަން ރުފިޔާގެ ހަތަރު ޓީބިލެއް ވިއްކައިފި އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާ ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.

ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ޓީ-ބިލްތަކުގެ ތަފްސީލު:

• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 2 ބިލިޔަން ރުފިޔާގެ ޓީ-ބިލް
• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 165 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 196 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 742 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 467 މިލިޔަން ރުފިޔާގެ ޓީ-ބިލް

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު