ޚަބަރު
އާމްދަނީ އިތުރުވެ، ރިޒާވް ދަށްވާތީ ދިރާސާ ކުރަން ޖެހޭ
ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެ، ދައުލަތުން ކުރަންޖެހުނު ހަރަދު ކުޑަވި ނަމަވެސް ރިޒާވް ދަށަށް ދިޔަ ކަމަށް ސަަރުކާރުން ބުނާ ބުނުން ދިރާސާ ކުރަންޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި "ހަވަރު ބެރު" ގައި އޭނަ ވިދާޅުވީ ދައުލަތުގެ އާމްދަނީ ވީ އިތުރުވާ އިރު، ޑޮލަރުން ލިބޭ އާމްދަނީ ވެސް ވަނީ އިތުރު ކަމަށެވެ.

"[އެކަމަކު] ހަރަދު ކުރަން ޖެހޭ އަދަދު ވީ ކުޑަ، ނަމަވެސް ރިޒާވް ދިޔައީ ދަށަށް،" ނާޒިލު ވިދާޅުވި އެވެ. "މިއީ ނިވަސިޓީތަކުގައި ދިރާސާކުރަން ޖެހޭ ކަލަހަ ކޭސްއެއް. ދުނިޔޭގެ އެއްވެސް އިގުތިސާދެއްގަ ތަޖުރިބާކުރެވިފައި އޮތްކަ މެއް ނޫން މިއީ."

ނާޒިލް ވިދާޅުވީ ލިބޭ އާމްދަނީ އިތުރުވިއރު ތިޖޫރި ހުސްވެފައިވާ ކަމަށާއި މިއީ ރައްޔިތުން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޭނުން ކުރެވޭ ރިޒާވް 61 މިލިއަން ޑޮލަރަށް މިހާރު އިތުރުވެފައިވެ އެވެ. އަދި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ޖުމްލަ ރިޒާވުގައި ހުރީ 395 މިލިޔަން ޑޮލަރު ކަމަށާއި ނަމަވެސް މިހާރު އެ އަދަދު މިދިޔަ މަސް ނިމުނުއިރު 444 މިލިޔަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު